ތިލަދެކުނު ފުޓުބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ތިލަދެކުނު ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތަކީ ހދ. އަތޮޅުގައި ފުޓްބޯޅައިގެ ރޫޙު އަލާކޮށް ދިރުވުމަށާއި، ފުޓުބޯޅައަށް ޝައުޤުވެރިކަން ހުންނަ ކުޅުންތެރިންނަށާއި ޓީމުތަކަށް އެފުރުސަތު ހޯދައި ދިނުމަށާއި ހދ. އަތޮޅުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.

ހދ. އަތޮޅުގެ ކްލަބް، ޖަމްޢިއްޔާތަކަށް ހުޅުވާލެވިފައިވާ މިމުބާރާތުގެ ޗެމްޕިއަންޓީމަށް 50000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 30000 ރުފިޔާ ކަނޑައެޅިފައި ވެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު، 15 އޯގަސްޓް 2024 ގެ 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް 1 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ތިލަދެކުނު ފުޓްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 6 ގައެވެ.


މުބާރާތާބެހޭ އިތުރު މައުލޫމާތު އަދި ބައިވެރިވާން އެދޭ ފޯމުގެ ލިންކު