ތިލަދެކުނު ފުޓުބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި

ހދ. އަތޮޅަށް ހުޅުވާލައިގެން، އަތޮޅު ކައުންސިލުން މިއަހަރު ބާއްވާ ތިލަދެކުނު ފުޓުބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި އެވެ.

އަތޮޅުގެ އަށް ޓީމު ބައިވެރިވެފައިވާ، މި މުބާރާތުގެ ގުރުއަތުލުން ބާއްވާފައިވަނީ މިއަދު، ނޮދަން އޮފީސް ކޮމްޕްލެކްސް ހޯލުގައެވެ.

މި ސެޕްޓެމްބަރު މަހުގެ 6 ގައި ފެށުމަށް ހަމަޖެހިފައިވާ ތިލަދެކުނު ފުޓުބޯޅަ މުބާރާތުގައި ބައިވެރިވެފައިވަނީ، ކުޅުދުއްފުށީ ކޮރަލްސް، މަގުލަސް ކްލަބް، ހިރަފުސް ސްޕޯޓްސް ކްލަބް، އިންފިނިޓީ އެކެޑަމީ، ކުމުންދޫ ސްޕޯޓްސް ކްލަބް، ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް، ހަނިމާދޫ ސާއްބަ އެކުވެރި ކްލަބް އަދި ޓީމު ނެއްލައިދޫ އެވެ.

މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެން، ކޮންމެ ގްރާޕަކުން އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލުގައި ކުޅޭ ގޮތަށެވެ. ސެޕްޓެމްބަރ 6 ވާ ހުކުރު ދުވަހު މުބާރާތް ފެށުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ، ސެޕްޓެމްބަރ 22 ގައެވެ.

މިމުބާރާތުގެ ޗެމްޕިއަންޓީމަށް 50000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 30000 ރުފިޔާ ކަނޑައެޅިފައި ވެއެވެ. މުބާރާތް ކުރިޔަށްދާނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ގައެވެ.


ފޮޓޯ: ޖައުފަރު ޢަލީ

ފޭސްބުކް ފޮޓޯ އަލްބަމް